ދިރާގުގެ މޯބައިލް އެޕްލިކޭޝަނަށް މުޅިން އާ އަޕްޑޭޓެއް ތައާރަފްކޮށްފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނިން ބުނީއާ ފީޗާތަކާ އެކު އެޕްލިކޭޝަން ބޭނުންކުރަން ފަސޭހަވާނެ ކަމަށެވެ.
އެޕަށް ގެނައި އާ ފީޗާތައް
- މޮބައިލް ޕްލޭންތަކާއި ފައިބަ ބްރޯޑްބޭންޑް ޕެކޭޖްތަށް ބަދަލުކުރުން: މިހާރު ދިރާގު އެޕް މެދުވެރިކޮށް ފަސޭހަކަމާ އެކު މޯބައިލް ޕްލޭންތަކާއި ހޯމް ފައިބަ ބްރޯޑްބޭންޑް ޕެކޭޖްތައް ބަދަލުކުރެވޭނެ އެވެ. ކުރިން މި ބަދަލު ގެނެވޭނީ ހަމައެކަނި ދިރާގު މައިއެކައުންޓް ޕޯޓަލް މެދުވެރިކޮށެވެ.
- ތަފްސީލީ ބިލް ފެނުން: ރެސިޑެންޝަލް ކަސްޓަމަރުންނަށް، ފާއިތުވި 12 މަސް ދުވަހުގެ ބިލްގެ ފުރިހަމަ ތަފްސީލް މިހާރު ދިރާގު އެޕް މެދުވެރިކޮށް ބަލައިލެވޭނެ އެވެ. ބިލްގެ މައުލޫމާތު ދިރާގު އެޕްއަށް ލޮގިންކޮށްލުމަށް ފަހު "ވިއު ބިލްސް" ސެކްޝަނަށް ދިއުމުން ހޯދޭނެ އެވެ.
- އެޑް-އޮންސް ކެންސަލް ކުރުން: ދިރާގު ޕޯސްޓްޕެއިޑް 150 އިން މަތީގެ ޕްލޭންތަކަށް ސަބްސްކްރައިބްކޮށްފައިވާ ކަސްޓަމަރުންނަށް މިހާރު ރިކަރަންޓް އެޑް-އޮންތައް އެ އެޕްގައިވާ "އެޑް-އޮން ބެލެންސް" ބަޓަނުން ކެންސަލް ކުރެވޭނެ އެވެ.
ގޫގުލް ޕްލޭ ސްޓޯރާއި އައިއޯއެސް އެޕް ސްޓޯރު މެދުވެރިކޮށް ކަސްޓަމަރުންނަށް ދިރާގު މޮބައިލް އެޕް އަޕްޑޭޓް ކުރެވޭނެ އެވެ.
ދިރާގުން ބުނީ އަބަދުވެސް މަސައްކަތްކުރަނީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާތައް އިތުރަށް ފުރިހަމަކޮށްދޭން ކަމަށެވެ.
ބައްޕަގެ ބިރު: ޔޫސުފް ޚާން ދިލިޕް ކުމާރަށް ބަދަލުވި ގޮތް!
ރާއްޖެ އެތެރެކުރި 800 ވޭޕް ކާޓްރިޖް އަތުލައިގެންފި
ދޯންޏެއް އަޑިއަށް ގޮސް ސިފައިންގެ މީހަކާއި ފުލުހަކު ގެއްލިއްޖެ