އުތުރު އިންޑިއާގެ ހިމާލިޔަން ސަރަހައްދުގައި ވައި ތަޣައްޔަރުވުމުގެ އަސަރު ރާއްޖެއަށްކޮށް އޭގެ ސަބަބުން ނުރައްކާތެރިކަން ކުރިމަތިވާތީވެ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެދިއްޖެ އެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ފުސްކަން އިތުރުވެފައި ވަނީ، ހުޅަނގުން އިރުމައްޗަށް ވައި ބަދަލުވުމުންދާތީ، ހިމާލަޔަން ސަރަހައްދުން ހިރަފުހާއި ދުން، ވަޔާ އެކު ބޭ އޮފް ބެންގަލް ހުރަސްކޮށް ރާއްޖެއަށް ފޯރުމުން ކަމަށެވެ. އެހެންވެ އުތުރާއި މެދުރާއްޖެ ތެރޭގެ އެކި ސަރަަހައްދުތަކަށް ދުރު ފެންނަ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.
އެކަމުގެ ސަބަބުން ސިއްހީ މައްސަލަތަކެއް ކުރިމަތިވެދާނެތީ އެކަމަށް ސަމާލުވުމަށް އެޗްޕީއޭ އިން ވަނީ އެދިފަ އެވެ.
އެންވަޔަރަމަންޓް މިނިސްޓްރީގެ އައިކިޔު އެއާ ވިޝުއަލް އެޕް މެދުވެރިކޮށް މި ދުވަސްވަރު ވައި ސާފުވާނެ މިންވަރު ބެލޭނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އަދި ވައި ނުސާފުވާނެ މިންވަރު ބަލައި ބޭރަށް ނިކުމެ އުޅޭއިރު މާސްކް އަޅައިގެން އުޅުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
މެންބަރުންނަށް އިންޝުއަރެންސް ލިބުން ދަތިވެ، އެލައިޑް މަޖިލީހަށް
ކެއުމުން ފަލަވަނީ، ނުކައި ހުރުމުން ވަރުބަލިވަނީ، ހައްލަކީ ކޮބާ؟
މިއުޒިކީ ދާއިރާއިން "ބްރޭކް"އެއް ނަގަން އެރިއާނާ ނިންމި ސަބަބު!
