ވިޔަފާރިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައި ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ލޯނު ސްކީމަށްއެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މި ލޯނަކީ ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް މެދުވެރިކޮށް މިނިސްޓްރީ އޮފް ފިނޭންސް އިން ހަމަޖައްސާފައިވާ ލޯނެކެވެ.
މި ލޯނު ދޫކުރާ ގޮތަށް ހަމަޖެހިފައިވަނީ ހަތް މިލިއަން ރުފިޔާ އާއި ހަމައަށެވެ. ލޯނުގެ އިންޓްރަސްޓް ރޭޓަކީ ހަ އިންސައްތަ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
ލޯނު އަނބުރާ ދައްކަން ޖެހޭ މުއްދަތަކީ ހަތަރު އަހަރެވެ. މި ލޯނަށް އެދުމަށް އެއްވެސް ރަހުނެއް އަދި ސެކިއުރިޓީއެއްބަހައްޓާކަށް ނުޖެހެއެވެ. އެޕްލިކޭޝަން ބަލައިގަތުމުގެ ސުންގަޑިއަކީ މި މަހުގެ 30 ވަނަ ދުވަހެވެ.
ލޯނަށް އެދޭ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތުތައް
- އެޕްލައި ކުރާއިރު މަދުވެގެން ހަ މަހު އޮޕަރޭޓް ކުރުން
 - އީއައިބީ ލޯން ލިބިފައިވާ ފަރާތަކަށް ނުވުން
 - އިވެލުއޭޓް ކުރާ އަހަރު ޕްރޮފިޓެއް ލިބިފައިވުން
 - ކަރަންޓް ރޭޝިއޯ 1 އަށް ވުރެ އިތުރުވުން
 - ގިއަރިން ރޭޝިއޯ 4 އަށް ވުރެ ދަށްވުން
 - އެވްރެޖް ޑެޓް ސާވިސް ކަވަރޭޖް ރޭޝިއޯ ފުރަތަމަ އަހަރު 1 ށް ވުރެ ދަށް ނުވެ، ބާކީ ހުރި އަހަރުތަކުގައި 21.1ދަށް ނުވެ ހިފެހެއްޓުން
 - ނަން- ޕާފޯމިން ލޯނެއް ފާއިތުވި 12 މަހު ހުރެގެން ނުވުން
 - އެއްވެސް ލޯނެއްގެ އޯވަޑިއު ޕޭމަންޓެއް ނެތުން
 
މި ލޯނު ނެގޭ ބޭނުންތަކުގެ ތެރޭގައި ހިމެނެނީ ނިމިފައިވާ ޕްރޮޖެކްޓްތައް ވޯކިން ކެޕިޓަލް ބޭނުންވާ ނިމިފައިވާ ޕްރޮޖެކްޓްތަކާއި ކޮވިޑާ ގުޅިގެން އޮޕަރޭޝަން ހުއްޓިފައިވާ ތަންތަނާއި އާ ޕްރޮޖެކްޓްތައް ހިމެނެ އެވެ.
އެޕްލިކޭޝަން ފޯމާއި ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ މައުލޫމާތު މި ލިންކުން ލިބިވަޑައިގަންނަވާނެ އެވެ.
			ނޮވެމްބަރު 3ގެ ޝަރަފުގެ އައްޑަނަ ރައީސް މައުމޫނަށް އަރުވައިފި
		
			ޝާހްރުކް ޚާންއަށް 60 އަހަރު!
		
			މާ އަވަސް އަރުވާލައިގެން ކާނަމަ ބަރުދަން އިތުރުވޭ!
		
								
								