ރާއްޖެއިން ސްރީ ލަންކާއަށް ކަނޑައަޅުއްވާ ސަފީރު ކަމުގެ މަގާމަށް މއ. މަނާގެ، އަލީ ފާއިޒު ހަމަޖެއްސެވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފި އެވެ.
ލަންކާގެ ސަފީރުކަމުގެ މަގާމަށް ފާއިޒު އައްޔަން ކުރައްވަން ފޮނުވާފައިވަނީ އެގައުމުގެ ސަފީރުކަމުގެ މަގާމުގައި ކުރިން ހުންނެވި އުމަރު އަބްދުއްރައްޒާގު ކިންގްޑަމް އޮފް ބެލްޖިއަމަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމަށް އައްޔަން ކުރެއްވުމުންނެވެ.
ލަންކާގެ ސަފީރުކަމަށް އައްޔަން ކުރެއްވުމަށް ރައީސް މަޖިލީހަށް ނަންފުޅު ފޮނުއްވި ފާއިޒަކީ ފުލުހުންގެ ހިދުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕޮލިސް ބޯޑުގެ ރައީސެވެ. ފާއިޒަކީ މީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރައީސް އޮފީހުގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމާއި، މިފްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.
ލަންކާގެ ސަފީރުކަމަށް އައްޔަން ކުރެއްވުމަށްޓަކައި ފާއިޒުގެ ނަން ދިރާސާ ކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީއަށެވެ.
ތުރުކީގެ ކުންފުންޏަކުން ރާއްޖޭގައި 300 މިލިއަން ޑޮލަރުގެ ރިސޯޓެއް
ހެނދުނު ހޭލުމަށްފަހު ނިދި ފިލުވާލަން ކޮފީ ނޫން ގޮތެއް!
އީރާނަށް އަޅާފައިވާ ބައެއް ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައިފި