ރާއްޖޭގެ ޕެންޝަން ފަންޑުން ޓީބިލަށް މިހާތަނަށް 13.5 ބިލިއަން ރުފިޔާ އިންވެސްޓްކޮށްފައިވާ ކަމަށް އެ އޮފީހުގެ ސީއީއޯ ސުޖާތާ ހަލީމު ވިދާޅުވެއްޖެ އެވެ.
"މޯލްޑިވްސް ފައިނޭންސް ފޯރަމް" ގައި މިއަދު ވާހަކަދައްކަވަމުން ސުޖާތާ ވިދާޅުވީ، ފަންޑުގެ ބޮޑު ބައެއް އިންވެސްޓް ކުރަނީ ސަރުކާރުގެ ޓީބިލަށް ކަމަށެވެ. ނަމަވެސް ފަންޑު ބޮޑު ކުރަން ޓީބިލުގެ އިތުރުން ދިގު މުއްދަތުގެ އިންސްޓްރޫމަންޓްތަކަށް ވެސް އިންވެސްޓް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕެންޝަން އޮފީހުން މަސައްކަތް ކުރަނީ ފަންޑުން ޕްރައިވެޓް ސެކްޓަރަށް ކުރާ އިންވެސްޓްމެންޓްްތައް އިތުރު ކުރަން ކަމަށާއި ބޭނުމަކީ އެ ފަންޑު ބޮޑުކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ޖުމްލަ ދަރަނި ގާތްގަނޑަކަށް 58 ބިލިއަނަށް އަރާފައިވެ އެވެ. ރާއްޖޭގެ ދަރަނި މި އަހަރު ނިމޭއިރު 106 ބިލިއަން ރުފިޔާގައި ހުންނާނެ ކަމަށް ބެލެވޭއިރު، އަންނަ އަހަރު ރާއްޖޭގެ ދަރަނި 113 ބިލިއަން ރުފިޔާއަށް އަރާނެ ސަރުކާރުން ލަފާކުރެ އެވެ.
އޭސީޕީ ޝިފާންގެ މައްސަލައެއް ބަލަނީ
"ދުރަންދަރް"އިން ރަންވީރަށް %100 ބޮޑު އާމްދަނީއެއް!
މިދިޔަ 10 ދުވަހު ޑެންގީގެ 107 ކޭސް، އެންމެ ގިނައީ ކުޅުދުއްފުށީގަ

މިހެންގޮސް މިލާރިކޮޅުވެސް ހުސްކޮށްލާނެ، މިހާރު ރާއްޖޭގެ ރިޒާވް ވެސް ދޮވެލައިފި. މިވެރިން މާގިނަ ދުވަހު ތިބެންވެއްޖެއްޔާ ކަނޑިކި ބުރިއެއް ވެސް ނޯންނާނެ. ބިރުހުރި.
ފައިސާަތައް ސަރުކަަރުން ބޭނުންކޮށް ހުސްކޮށްފި ފައިސާގެ ޙައްގުވެރިންނަށް ނުލިބޭ ދެރަކަމެއް