ދިރާގުގެ ހައި ސްޕީޑް ފައިބަ އިންޓަނެޓުގެ ހިދުމަތް ތ. ކަނޑޫދު އަށް ރަސްމީކޮށް ތައާރަފު ކޮށްފި އެވެ.
އެ ކުންފުނިން ބުނީ އެ ހިދުމަތް ފެށީ އެ ރަށުގެ ކަސްޓަމަރުންނަށް ހިދުމަތް ގުޅައިދިނުމާއި ރައުޓަރު ހިލޭ ދޫކުރުމުގެ އޮފާތަކަކާއެކު ކަމަށެވެ. އެ އޮފާގެ މުއްދަތުގައި ދިރާގު ޓީވީ ހިލޭ ގުޅައި ދިނުމާއި ހިދުމަތް ހޯދުމަށް ބޭނުންވާ ޑީކޯޑަރު ވެސް ހިލޭ ދޫކުރާނެ އެވެ.
ދިރާގުން ބުނިގޮތުގައި، އެ ކުންފުނީގެ ދެއްވަދޫގެ ކަސްޓަމަރުންނަށް މިހާރު ހަލުވި ސްޕީޑުގައި، ބޮޑެތި ޑޭޓާ އެލަވަންސްތަކެއް ލިބޭ ޕެކޭޖުތައް އިހުތިޔާރު ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. ދިރާގުގެ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފައިބަ އިންޓަނެޓުގެ ހިދުމަތް އަންނަނީ ތައާރަފު ކުރަމުންނެވެ.
ރާއްޖޭގައި އެންމެ ފުޅާކޮށް މުވާސަލާތީ ހިދުމަތް ދޭ ކުންފުނިން، ދިރާގުން ބުނީ މަސައްކަތް ކުރަނީ ހުރިހާ ސަރަހައްދުތަކަށް އެ ކުންފުނީގެ ހިދުމަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް ކަމަށެވެ.
މެރިން އެކްޕޯގެ މޮޓޯ އެކްސް ސްޓޯލަށް ގޮސްގެން ހާއްސަ އޮފާތަކެއް
ގްރެމީ އެވޯޑް ހުށައެޅި ޓްރެވާއަށް ޓްރަމްޕްގެ އިންޒާރެއް!
"ދުރަންދަރް 2"ގައި ރަންވީރު ނުކުންނާނީ ބަދަލު ހިފަން!