ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޯނަސް އަށް ލިބުނު ފުރަތަމަ ދަރިފުޅު މާލްތީ މޭރީ ޗޯޕްރާ ޖޯނަސް އާއި އެ ދެމީހުން އެކީގައި ހުރި ފޮޓޯއެއް ޕްރިޔަންކާގެ ގާތް އެކުވެރިޔާ ތަމައްނާ ދަތް އާއްމުކޮށްފި އެވެ.
މިމަހުގެ 16 ވަނަ ދުވަހު ނިކް ޖޯނަސްއަށް ވަނީ 30 އަހަރު ފުރިފަ އެވެ. މިކަމާއި ގުޅިގެން ޕްރިޔަންކާގެ ގާތް އެކުވެރިއެއް ކަމަށްވާ ތަމަންނާ ވަނީ އެކަން ފާހަގަކޮށް އޭނާގެ އިންސްޓަގްރާމުގައި އެ ތިން މީހުންގެ ލޯބި ފޮޓޯއެއް އާންމުކޮށްފަ އެވެ.
އެ ފޮޓޯގައި ޕްރިޔަންކާ އާއި މާލްތީ އަދި ނިކް އާއި ތަމަންނާ ފެނެ އެވެ. އަދި އެންމެންވެސް ތިބީ މާލްތީއަށް ނަޒަރު ހުއްޓިފަ އެވެ.
ސަރޮގެސީ މެދުވެރިކޮށް ދެ ފަންނާނުން ވެސް ފުރަތަމަ ދަރިފުޅަށް މަރުހަބާ ކިޔާފައިވާއިރު، ޕްރިޔަންކާ އޭނާގެ ފޭނުންނަށް ދަރިފުޅުގެ ފޮޓޯ މަދުންނަމަވެސް ހިއްސާކުރެ އެވެ.
މި ފޮޓޯ އާންމުވުމާއެކު ގިނަ ބަޔަކު ވަނީ ފޮޓޯއަށް ތައުރީފުކޮށްފަ އެވެ. އަދި އެ ފޮޓޯއަކީ ގިނަ ބަޔަކަށް ލޯބި ފޮޓޯއެއް ކަމަށް ކޮމެންޓުކޮށްފައިވެ އެވެ.
ނިދި ހަމަ ކުރިޔަސް ވަރުބަލި ވަނީތަ؟ ސަބަބަކީ މިއީ ކަމަށް ވެދާނެ!
ހުސްފަޔާ ހިނގުން: ދުޅަހެޔޮ ސިއްހަތަކަށް އޮތް ސިއްރެއް!
ހެނދުނު ހޭލުމަށްފަހު ނިދި ފިލުވާލަން ކޮފީ ނޫން ގޮތެއް!
