ފާއިތުވެދިޔަ ދެ ހަފްތަގެ ތެރޭގައި ސްރީލަންކާއިން 200 އަށް ވުރެ ގިނަ ލޯބިވެރިން ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ތަަރުޖަމާނު ޖަޔާކޯޑީ ވިދާޅުވިގޮތުގައި ސްރީލަންކާގެ ޑިސްޓްރިކްޓްތައް ކަމަށްވާ މަޓާރާ އާއި ކުރުނެގަލާއިން ހައްޔަރުކޮށްފައި ވަނީ ގިނައިން އުމުރު ހަމަނުވާ ކުޑަކުދިން ކަމަށާއި މިކުދިން ހައްޔަރު ކުރެވުނީ އާންމު ތަންތާނގައި ބަދުއަހުލާގީ އަމަލު ހިންގާފައިވާތީ އެވެ.
"ހައްޔަރުކުރެވިފައިވާ ކުދިންނަކީ އާންމުކޮށް ސްކޫލު ނުވަތަ ޓިއުޝަން ކަޓުވާލާފައި އަންނަ ކިޔަވާ ކުދިން،" އޭނާ ވިދާޅުވި އެވެ.
މި ކުދިން ބަންދުން ދޫކުރެވޭނީ ބެލެނިވެރިޔާއަށް އެންގުމަށްފަހު، ބެލެނިވެރިޔާ ބަލާއައުމުން ކަމަށް ނިއުސްވަޔާއަށް މައުލޫމާތު ދެއްވަމުން ޖަޔާކޯޑީ ވިދާޅުވި އެވެ.
"ދަނޑުވެރި ނަފާ" ލޯނު އިސްލާމީ އުސޫލަށް ބަދަލުކޮށްފި
ޑިޖިޓަލް ސާވިސްއަށް ބޮޑެތި ބާރުތަކެއް ދޭން ބިލެއް ހުށަހަޅައިފި
ކަނޑުއޮޅިން ދަތުރުކުރާ އުޅަދުތަކުން 60 ދުވަހަށް ފީ ނުނަގާނެ