ވިސްނުމުގެ ގާބިލުކަން ލިބިފައިވާ ޓެކްނޮލޮޖީއެއް އުފައްދާފައިވާ ކަމަށް ސައިންސްވެރިންގެ ޓީމަކުން ބުނެފި އެވެ.
ޕެން ސްޓޭޓް ޔުނިވާސިޓީގެ ރިސާޗަރުންނާއި އެމެރިކާގެ އެއާ ފޯސް ގުޅިގެން އުފައްދާފައިވާ މި އުފެއްދުމަކީ 1938 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ކުރެވިފައިވާ އެކި ދިރާސާތަކުގެ އެހީއާއެކު އުފެއްދި އުފެއްދުމެކެވެ.
މިއުފެއްދުމުގައި އެކުލެެވިފައިވާ ކުދި ސާކިޓްތަކެއްގެ ސަބަބުން އިލެކްޓްރިކް ސިގްނަލްތަކެއް އުފައްދައި އިންސާނުންގެ ސިކުނޑިން ކުރާ މަަސައްކަތް ކުރެ އެވެ.
މި މަސައްކަތުގައި ބައިވެރިވި ސައިންސްވެރިއެއް ކަމަށްވާ ރަޔާން ހާނީ ވިދާޅުވީ މި އުފެއްދުމުގެ ފުރަތަމަ ޕްރޮޓޯޓައިޕް ނިމިފައިވާ ކަމަށާއި މިއީ އެއްވެސް އެހީއަކާ ނުލާ އަމިއްލަ ޒާތުގައި ވިސްނުމުގެ ބާރު ލިބިފައިވާ އުފެއްދުމެއް ކަމަށެވެ.
އޭގެ އިތުރުން ވެސް މި އުފެއްދުމަށް އެކި ހިއްސުތަކުގެ ގާބިލުކަން ދިނުމަށް ވެސް ސައިންޓިސްޓުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
މި ޓެކްނޮލޮޖީ އަކީ އެދެވޭ ގޮތުގައި ކުރިއަށް ގެންދެވިއްޖެނަމަ މުސްތަގްބަލުގައި އެކި ކަންކަމަށް ބޭނުން ކުރެވޭނެ ޓެކްނޮލޮޖީ އެކެވެ. އެގޮތުން މި ޓެކްނޮލޮޖީއާއެކު އޮފީސްތަކާއި ގޭބިސީތަކުގެ ސެކިއުރިޓީ ފަދަ ކަންކަން ބެލެހެއްޓޭނެ އެވެ.
"ނިއުސެލިކް އެސިޑް ޓެސްޓް" ކުރަން ފަށަނީ
ކައިވެނި ރޫޅުމުގައި ކުށްވެރި ކުރާނެ ދެވަނަ މީހަކު ނެތް: ޖޭލޯ
200 މެޗު، 6 ވޯލްޑް ކަޕް އަދި 16 ގޯލު: މެސީއަށް އެތައް ރެކޯޑެއް!