މާލޭގައި މާރާމާރީ ހިންގައި ދެ މީހަކު ޒަޚަމްކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މާރާމާރީ ހިންގާފައި ވަނީ ހިތަށްފިނިވާމަގުގައި ކަމަށެވެ. އެ މާރާމާރީގައި އަނިޔާވި ދެ މީހުން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެ މާރާމާރީ ހިންގާފައި ވަނީ މިރޭ 9:00 ހާއިރުއެވެ.
އޭޑީކޭ ހޮސްޕިޓަލްގައި ހަރަކާތްރިވި މީހަކު "ހުރިހާ"އަށް ކިޔައިދިން ގޮތުގައި އޭގެތެރެއިން އެކެއްގެ ގައިގައި ވަރަށް ބޮޑަށް ލޭ ހުރި ކަމަށެވެ. އަދި އޭނާގެ ބޮލަށް ޒަހަމްވެފައިވާ ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ބުންޏެވެ.
އެނގިފައިވާ ގޮތުގައި އެ މާރާމާރީގައި ދެ ޒުވާނުންނަށް ހަމަލާދީފައި ވަނީ ލަޓިބުރި އާއި ދަގަނޑު ބުރިންނެވެ.
އެ މާރާމާރީއާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.
ސައުދީ ޕްރޯ ލީގު ދެއްކުން 'ފޮސްކް ސްޕޯޓްސް' އިން ހުއްޓާލައިފި
ހިތުގެ ބަލިތަކުން ރައްކާތެރިވާން ކާންވީ މިރުސް!
ބީޓީއެސްގެ ކަމްބެކް ކޮންސެޓު ނެޓްފްލިކްސްއިން ދައްކާނެ!

ދާދި ފަހަކުންވެސް ތިހިސާބުގައި މީހަކު ކަތިލާއިފި ވީކަމެއް ޙަރާމް މާދަމާ އޭނާ މުޖްތާމޣުއަށް ދޫކޮއްލާތަ އެހެން މީހަކު ކަތިލަން