ދިރާސާ އައު އަހަރުގެ ކިޔެވުން 92،000 އަށް ވުރެ ގިނަ ދަރިވަރުންނާއެކު ފެށުމަށް ތައްޔާރުވެއްޖެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ދިރާސީ އާ އަހަރުގެ ކުޔެވުން މާދަމާ 217 ސްކޫލެއްގައި ފަށާނެ ކަމަށެވެ. އަދި ދިރާސީ އާ އަހަރު ކިޔެވުން ފަށަނީ 92،300 ދަރިވަރުންނާއި 8،364 ޓީޗަރުންނާއެކު ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
މީގެ ތެރޭގައި ހިމެނެނީ 6،006 ދިވެހި ޓީޗަރުންނާއި 1،693 ބިދޭސީ ޓީޗަރުންނެވެ.
ސްކޫލްތަކަށް ދަރިވަރުން ވެއްދުމުގެ ކަންކަން ކުރިއަށް ގޮސްނިމިފައިވާއިރު، މާލެ ސަރަޙައްދަށް އިތުރު 1،500 ދަރުވަރުން ބަދަލުވެފައިވާކަން އެޑިއުކޭޝަނުން ފާހަގަކުރެ އެވެ.
އެ މިނިސްޓްރީން ބުނީ ސްކޫލްތަކަށް ބޭނުންވާ ހުރިހާ ޓީޗަރުން ވެސް ހަމަވެފައިވާ ކަމަށެވެ. އަދި އެއީ އެހެން އަހަރުތަކާއި ހިލާފަށް މިއަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމުގައި ފެނިގެން ދިޔަ އެންމެ ބޮޑު ބަދަލެއްގެ ގޮތުގައި އެޑިއުކޭޝަނުން ފާހަގަކުރެ އެވެ.
ސްކޫލް ފެށުމަށް ތައްޔާރުވެފައިވާއިރު ހުރިހާ ސްކޫލްތަކަށް ފޮނުވަންޖެހޭ ޓެކްސްޓް ފޮތްތައް ފޮނުވާ ފޮތްތައް ފޯރުކޮށް ނިމޭނެ ކަމަށް އެޑިއުކޭޝަނުން ބުނެ އެވެ.
އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑު ކުރަން 7 އުސޫލެއް!
ތުރުކީގެ ކުންފުންޏަކުން ރާއްޖޭގައި 300 މިލިއަން ޑޮލަރުގެ ރިސޯޓެއް
"ސްޕައިޑަ-މޭން: އަ ބްރޭންޑް ނިއު ޑޭ"އަށް 1 ބިލިއަން ޑޮލަރު!