ސިވިލް ކޯޓުގެ ގާޒީ ޒުބެއިރު މުހައްމަދު މަގާމުން އިސްތިއުފާ ދިނުމަށް ނިންމައިފި އެވެ.
ޖުޑީޝަން ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބުނީ ގާޒީ ޒުބެއިރު މިދިޔަ މަހުގެ 17 ވަނަ ދުވަހު އިސްތިއުފާ ދިނުމަށް ހުށަހަޅާފައިވާ ކަމަށެވެ.
ޒުބައިރު ސިވިލް ކޯޓުގެ ގާޒީ ކަމަށް އައްޔަންކޮށްފައިވަނީ 2015 ވަނަ އަހަރު އެވެ.
ސިވިލް ކޯޓަށް އައްޔަން ކުރުމުގެ ކުރިން ޒުބައިރު ވަނީ ޑްރަގް ކޯޓުގެ ގާޒީކަމުގެ މަގާމު އަދާކުރައްވާފަ އެވެ.
ޒުބައިރު ގާޒީކަމުން އިސްތިއުފާ ދެއްވާފައިވާއިރު، ހައި ކޯޓުން ހުސްވެފައިވާ ފަނޑިޔާރު ކަމުގެ ދެ މަގާމަށް ހުޅުވާލުމުން ކުރިމަތިލެއްވި ފަސް ބޭފުޅުންގެ ތެރޭގައި ވެސް ޒުބައިރު ހިމެނިވަޑައި ގަންނަވަ އެވެ.
ތިން އަހަރުގެ މަޝްރޫއުތަކަށް 2.5 ބިލިޔަން ރުފިޔާގެ ބަޖެޓެއް
އޮޅިގެން ދިން ބޯނަސް، 6 މަސް ފަހުން އަތުލަނީ
އެމެރިކާއާއި އީރާނުގެ މަޝްވަރާތައް ސްވިޒަލޭންޑުގައި ފަށައިފި