ހައިކޯޓުގެ އިސްފަނޑިޔާރުކަމަށް ހާތިފް ހިލްމީ އަދި ކްރިމިނަލް ކޯޓުގެ އިސް ގާޒީކަމަށް އަހުމަދު ޝަކީލް އައްޔަނުކޮށްފި އެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ދެ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވީ ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ރައީސް ހިސާނު ހުސައިނެވެ.
ހާތިފް ހިލްމީ އަކީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ބްރޫކްސް ޔުނިވާސިޓީ އިން ބެޗެލާ އޮފް ލޯ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. ސިވިލް ކޯޓުގެ ގާޒީކަން 11 އަހަރު ކުރައްވާފައިވާ ހާތިފަށް ހައިކޯޓުގެ ފަނޑިޔާރުކަން ލިބުނީ މި އަހަރު އެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް އައްޔަން ކުރެއްވި ޝަކީލަކީ ވިލާ ކޮލެޖުން ބެޗެލާ އޮފް ޝަރީއާ އަދި މާސްޓާސް އޮފް ޝަރީއާ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ޖުވެނައިލް ކޯޓާއި ފެމިލީ ކޯޓު އަދި ސިވިލް ކޯޓުގައި މީގެކުރިން ގާޒީކަން ކުރައްވާފަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ އާ ދެ ދައުވާގެ މައްސަލަ ބައްލަވަނީ ވެސް ގާޒީ ޝަކީލެވެ.
ރާއްޖެ އެތެރެކުރި 800 ވޭޕް ކާޓްރިޖް އަތުލައިގެންފި
ތާބޫގެ ޝަހުސީ ހައްގުތައް ހިމާޔަތް ކުރަން ދިއްލީ ހައި ކޯޓަށް!
ރައީސަށް ހުރިހާ ބާރުތަކެއް ދެވުމުން މެންބަރުން ހިތާމަކުރޭ: ނަޝީދު
