އަމީނީމަގުގައި ތާރުއަޅަން ތައްޔާރުވެފައިވާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އިން ބުނެފި އެވެ.
ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) ވިދާޅުވީ މާލޭގެ މަގުތައް ތަރައްގީކުރުމުގެ މަސައްކަތް އަލުން ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ އަލަށް މަގުތައް ތަރައްގީކުރާއިރު އަމީނީ މަގުގައި ވެސް ތާރު އެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
ތާރުއަޅަން ހަމަޖެހިފައި ވަނީ އަލުން ކޮންނަން ނުޖެހޭ ގޮތަށް ފަޔާ ހައިޑްރެންޓް ސިސްޓަމާއި، ފެން ހިންދޭނެ ނިޒާމު ގާއިމްކޮށްގެން ކަމަށް ވެސް މޫކޭ ވިދާޅުވި އެވެ.
އަމީނީ މަގުގައި 10.2 މީޓަރު ފުޅާމިނަށް ތާރު އަޅައިގެން ތަރައްީކުރަން ވަނީ ނިންމާފަ އެވެ.
އަމީނީ މަގު ހަލާކުވެފައި ހުރުމުން ވެހިކަލް ދުއްވާ މީހުން ބޮޑެތި ތަކުލީފްތަކެއް އުފުލަންޖެހެ އެވެ.
ސްޕެއިން ދިނީ ވަރުގަދަ ރައްދެއް، އުރުގުއޭ އަނެއްކާ ވެސް އެއްވަރު
ވޯލްޑް ކަޕް: ގަދަ ހޫނާއެކު އެންމެންނަށް ބޮޑު ގޮންޖެހުމެއް!
ޑިޖިޓަލް ސާވިސްއަށް ބޮޑެތި ބާރުތަކެއް ދޭން ބިލެއް ހުށަހަޅައިފި
