ޓޫރިޒަމް ދާއިރާގެ މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަ ކޮށްގެން 12 ދާއިރާއަކުން އެވޯޑު ދިނުމަށް ނިންމައިފި އެވެ،
ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ 12 ދާއިރާއަކުން 48 އެވޯޑު ދިނުމަށް ވަނީ ނިންމާފައިވާ ކަމަށެވެ. އެގޮތުން އެވޯޑް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި އެވޯޑްތަކަށް ޓޫރިސްޓް ރިސޯޓް، ޓޫރިސްޓް ހޮޓެލް، ޓޫރިސްޓް ގެސްޓްހައުސް އަދި ޓޫރިސްޓް އުޅަނދުފަހަރަށް ކުރިމަތިލެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓްރީން އެވޯޑްދޭ ކެޓަގަރީތަކަކީ:
- އެވޯޑް ފޯ ސްޓާފް އެކޮމޮޑޭޝަން
 - އެވޯޑް ފޯ ސްޓާފް މީލްސް
 - އެވޯޑް ފޯ ސްޓާފް ރެކްރިއޭޝަން/ އެންޓަޓެއިންމަންޓް
 - އެވޯޑް ފޯ ހެލްތް ކެއާ
 - އެވޯޑް ފޯ ސޭފް ވާކް އެންވަޔަރަމަންޓް
 - އެވޯޑް ފޯ ޕާޗޭސް އޮފް ލޯކަލް ފްރޮޑަކްޓްސް
 - އެވޯޑް ފޯ ލޯކަލް ކަލްޗަރަލް ޕާފޯމާސް
 - އެވޯޑް ފޯ ލޯކަލް މިއުޒީޝަން
 - އެވޯޑް ފޯ ލޯކަލް ޑީޖޭ
 - އެވޯޑް ފޯ ހަޔަސްޓް ޕެރިޓީ އޮފް ލޯކަލް ސްޓާފް
 - އެވޯޑް ފޯ ހަޔަސްޓް ނަންބަ އޮފް ފީމެއިލް ސްޓާފް
 - އެވޯޑް ފޯ ޓްރެއިނިން އެންޑް ކެރިއާ ޑިވެލޮޕްމަންޓް
 
މީގެ އިތުރުން މިނިސްޓަރު މައުސޫމް ވިދާޅުވީ މި އެވޯޑުތަކުގެ އިތުރުން ޓޫރިސްޓް ރިސޯޓް، ޓޫރިސްޓް ހޮޓެލް، ޓޫރިސްޓް ގެސްޓްހައުސް އަދި ޓޫރިސްޓް އުޅަނދުފަހަރު، މީގެއިން ކޮންމެ ކެޓަގަރީއަކުން ޖުމްލަ މާކްސް އެންމެ މަތިން ހޯދާ އެއްވަނަ، ދެވަނަ އަދި ތިންވަނަ ފަރާތަކަށް އެވޯޑެއް ދެވޭނެ ކަމަށެވެ.
ޖޫން މަހު ފުރަތަމަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށް އެވޯޑް ތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމަށް ވަނީ ނިންމާފަ އެވެ. މި އެވޯޑްތަކާއި ގުޅޭ ކްރައިޓީރިއާ މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުނާނެ އެވެ. މި އެވޯޑަށް ޓްރޮފީ ޑިޒައިންކުރުމަށް ހާއްސަ މުބާރާތެއް ވެސް ވަނީ ފަށާފަ އެވެ.
ޓޫރިޒަމް މިނިސްޓްރީން ވަނީ މި އެވޯޑް ޑިޒައިން ކުރުމަށް އާންމުކޮށް ފުރުސަތު ހުޅުވާލައިފަ އެވެ.
			ހަކުރުބަލި ކޮންޓްރޯލް ކުރަން މުޅިން ތަފާތު އުކުޅުތަކެއް!
		
			ކޮޅުވެއްޓި ހާދިސާ: އެމްޕީއެލްގެ އެތެރޭގެ ތަހުގީގެއް ފަށައިފި
		
			ހެއިޑީގެ މި ހެދުމަށް ގިނަ ބައެއްގެ ސަމާލުކަން!
		
								
								