ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ.
ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތުގެ ދައުވާ ދައުލަތުން އުފުލުމުން މިއަދު އެ މައްސަލާގެ އަޑުއެހުމެއް ބާއްވަން ތާވަލް ކުރުމަށް ފަހު ކެންސަލްކުރީ ޔާމީންގެ އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ހުރިގޮތުންނާއި މޫސުން ހުރިގޮތުން ދަތުރު ކުރައްވަން އުޒުރުވެރިވެ ވަޑައިގަންނަވާތީ އެ އަޑުއެހުން ކެންސަލްކުރަން އެމަނިކުފާނު އެދިވަޑައިގަތުމުން ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.
ޔާމީން މިހާރު ވެސް ގެންދަވަނީ މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ޔާމީން ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތް ހައި ކޯޓުގައި މިހާރު އޮތީ ހުކުމް އިއްވުމުގެ މަރުހަލާގަ އެވެ
އެއްބަސްވުމާ ހިލާފުވާތީ ހޮރްމޫޒް ކަނޑުއޮޅި އީރާނުން ބަންދުކޮށްފި
ވަރުބަލިވުމުން ތެދު ހަދަން ފަސޭހަ!
ސްކޭމްގެ މައްސަލަތަކުގައި މިހާތަނަށް 33 މިލިއަން ގެއްލުނު
