ބޮލީވުޑްގެ މަޝްހޫރު ބަތަލު ޝާހު ރުކް ޚާންގެ ގޭގައި އަޅުވާފައިވާ ނަން ބޯޑުގެ އަގު އެނގި ގިނަ ބަޔަކު ހައިރާންވެއްޖެ އެވެ.
ތިން އަހަރު ދުވަހަށްފަހު ޝާހު، ފިލްމުތަކުގައި މަސައްކަތް ފަށާފައިވާއިރު، ސޯޝަލް މީޑިއާގައި އެކަން ވަރަށް ބޮޑަށް ދެކެވެ އެވެ. ނަމަވެސް މިފަހުން ޝާހުއާ ގުޅުވައިގެން އެންމެ ބޮޑަށް ދެކެވުނު ވާހަކައަކީ އޭނާގެ ގޭގައި ހަރުކޮށްފައިވާ ނަން ބޯޑެވެ.
ޝާހުގެ ގޭގެ ބޭރުގައި ހަރުކޮށްފައިވާ ނަން ބޯޑުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، އެ ނަން ބޯޑު ހަދާފައިވަނީ ޝާހުގެ އަންހެނުން ގޯރީ ޚާންގެ އެންގުމަށް އެކަމަށް ހާއްސަ ތަޖުރިބާރެއް ލައްވަ އެވެ.
އެގޮތުން ޝާހުގެ ގޭގެ ބޭރުގައި ހަރުކޮށްފައިވާ ނަން ބޯޑުގެ އަގަކީ 20-25 ލައްކަ ރުޕީސް ކަމަށް ރިޕޯޓުތަކުން ބުނެފައިވެ އެވެ.
އެގޭގެ ނަންބޯޑު އާކޮށްފައިވާއިރު، ގޭގެ ނަމަކަށް ދީފައިވަނީ "މަންނަތު" އެވެ.
ޝާހުގެ އަންހެނުން ގޯރީ، އަގުބޮޑުކޮށް އެ ބޯޑު ހެދީ ގޭގެ ޑިޒައިނާއި، އާއިލާގެ ފެންވަރު ރަމްޒުކޮށްދޭ މިންވަރު ބަލާފައި ކަމަށް ވެސް ރިޕޯޓުތަކުން ވަނީ ބުނެފަ އެވެ.
ނަމަނަމަ މި ފިލްމުތައް އެކަނި ނުބަލާތި!
"ހަނގުރާމަ ކުރިއަށް ދަނީ ރޭވި ގޮތަށް ވުރެ ވެސް މާ ފުރިހަމައަށް"
ނިދަން އޮށޯންނަމުން ފޯނު ޗާޖަށް ޖެހުމަކީ ގޯހެއް!

ކިބުރުވެރިކަމާ ކަންދެއްކުން ބޮޑުވީމާ ކުރާ އިސްރާފު.