ރާއްޖެއިން މެލޭޝިޔާއަށް ކަނޑައަޅާފައިވާ ސަފީރު ވިސާމް އަލީ އިސްތިއުފާ ދެއްވައިފި އެވެ.
ވިސާމް އިސްތިއުފާދެއްވިކަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.
ޝާހިދު ވަނީ ސަފީރު ކަމުގައި ހުންނަވައިގެން ރާއްޖެއަށް އެކަމަނާ ކޮށްދެއްވި ޚިދުމަތްތަކަށް ޝުކުރު ދަންނަވާފަ އެވެ. ޑީއާރްޕީގެ ކުރީގެ ލީޑަރު އަހްމަދު ތަސްމީން އަލީގެ އަނބިކަނބަލުން ވިސާމް ގެންދަވަނީ އެނގިފައިވާގޮތުގައި ކުރިމަތިވެވަޑައިގެންފައިވާ ސިއްހީ މައްސަލަތަކަކަށް ބޭސްފަރުވާ ކުރައްވަމުންނެވެ.
އޭނާ އަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޑީއާރްޕީގައި އުޅުއްވިއިރު ސިޔާސީ ދާއިރާގައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރެއްވި އެވެ.
"ސްޕައިޑަ-މޭން: އަ ބްރޭންޑް ނިއު ޑޭ"އަށް 1 ބިލިއަން ޑޮލަރު!
ތުރުކީގެ ކޮފީ: ކޮންމެ ތަށްޓަކުން ސަގާފަތުގެ އެތައް ސަފްހާއެއް!
ރައީސަށް ހުރިހާ ބާރުތަކެއް ދެވުމުން މެންބަރުން ހިތާމަކުރޭ: ނަޝީދު
