ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމަށް މިރޭ ތައުރީފް ކުރައްވައިފި އެވެ.
ޕީޖީ އޮފީހުގެ 12 ވަނަ އަހަރީ ދުވަހާ ގުޅިގެން ރިއްފަތު ކުރެއްވި ޓުވީޓެއްގައި ވަނީ ޝަމީމާއި މުވައްޒަފުން ކުރައްވާ މަސައްކަތަށް ސާބަސް ދަންނަވައިފަ އެވެ. ރިއްފަތު ވިދާޅުވި ގޮތުގައި ނުހައްގު ދައުވާ އާއި ބޭއިންސާފުން ރައްޔިތުން މިންޖު ކުރުމަށް ގާނޫނުއަސާސީ އުފެއްދި އެންމެ މުހިންމު އަދި ބާރުގަދަ މަގާމަކީ ޕްރޮސެކިއުޓަ ޖެނެރަލް ކަމަށެވެ.
ހައްގުތަކާއި މިނިވަންކަން ހިމާޔަތް ކުރުމުގެ ބޮޑު އަދި ބުރަ މަސްއޫލިއްޔަތު އެތަނުން އަދާކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޕީޖީ އޮފީހުގެ އަހަރީ ދުވަހާ ގުޅިގެން ޝަމީމް ވިދާޅުވި ގޮތުގައި އޭނާ މަސައްކަތް ކުރައްވަނީ ގާނޫނާ އެއްގޮތަށް އަމަލު ކުރާ، އިތުބާރާއެކު، ދުނިޔޭގެ ފެންވަރުގެ ހިދުމަތްދޭ ދުޅަހެޔޮ މުވައްޒަފުންތަކެއް މަސައްކަތް ކުރާ މުއައްސަސާއެއްގެ ގޮތުގައި މުއައްސަސާ ދެމެހެއްޓޭތޯ އެވެ.
ޕީޖީގެ އަހަރީ ދުވަހާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ މުއައްސަސާ އަށް ތަހުނިޔާ ފޮނުވައިފަ އެވެ.
އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑު ކުރަން 7 އުސޫލެއް!
ހެނދުނު ހޭލުމަށްފަހު ނިދި ފިލުވާލަން ކޮފީ ނޫން ގޮތެއް!
ހުސްފަޔާ ހިނގުން: ދުޅަހެޔޮ ސިއްހަތަކަށް އޮތް ސިއްރެއް!