އިދިކޮޅު ކޯލިޝަނުން "ނޭވާ ހޮޅިޔަށް" މިނަމުގައި މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާއިން ހައްޔަރު ކުރި އެންމެން ދޫކޮށްލުމަށް ގޮވާލާ ހުށަހެޅި މައްސަލަ ރައްޔިތުން މަޖިލީހުން ބޭރުކޮށްލައިފި އެވެ.
ރައްޔިތުން މަޖިލީހަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމެވެ.
މުޒާހަރާގެ ހައްޔަރުކުރި މީހުންގެ ތެރޭގައި ޕީޕީއެމްގެ ނައިބު ރައީސް މުހައްމަދު ޣައްސާން މައުމޫނާއި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދާއި ކައުންސިލް މެމްބަރުން ވެސް ހިމެނޭއިރު، ޖުމްލަ 17 މީހުން މުޒާހަރާ ތެރެއިން ހައްޔަރު ކޮށްފައިވާ ކަމަށް ޕީޕީއެމުން ބުނެފައިވެ އެވެ.
ހައްޔަރު ކުރި އެންމެން ދޫކޮށްލުމަށް ފެންނަކަމަށް މަޖިލީހުގައި ވޯޓު ދެއްވީ ތިން މެމްބަރެކެވެ. އަދި މައްސަލަ ބަލައިގަތުމާއި ދެކޮޅަށް 26 މެމްބަރުން ވަނީ ވޯޓު ދެއްވާފަ އެވެ.
މެމްބަރު ޝިޔާމް ވިދާޅުވާގޮތުގައި ރާއްޖޭގައި ބޭރު ސިފައިން ތިބުމާއި ދެކޮޅަށް މާލޭގައި ބޭއްވި ހަރަކާތުގެ ތެރެއިން 17 މީހަކު ހައްޔަރުކޮށްފައިވަނީ ދިވެހި ސަރުކާރާއި އިންޑިއާގެ އަމުރަށެވެ. އަދި ދޫނިދޫ ޖަލުގައި ބަންދުކޮށް ހައްޔަރުކުރި އެންމެންނަށް އަނިޔާކޮށްފައިވާކަމަށްވެސް ޝިޔާމް ވިދާޅުވެފައިވެ އެވެ.
"ފްރެންޑްސް"ގެ ސެޓުން ޖެނިފާ ގެންދިޔައީ ކޮން އެއްޗެއް؟
އީރާނުން އެމެރިކާއާއެކު މަޝްވަރާ ނުކުރާ ކަމަށް ބުނެފި
އިންޑިއާގެ އެންމެ މުއްސަނދި 10 ޓީވީ ތަރިން
