ތުރުކީގެ ފޮރިން މިނިސްޓަރު މާދަމާ ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިއްޖެ އެވެ.
ތުރުކީގެ ފޮރިން މިނިސްޓަރު މެވްލުތު ޗަވުޝޯލޯ މާދަމާ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅަކީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށް ރާއްޖެއަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއާވެސް ބައްދަލު ކުރައްވާނެކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ތުރުކީގެ ފޮރިން މިނިސްޓަރު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ރަސްމީ ބައްދަލުވުންތައް ބާއްވައި، ހާއްސަ އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
ގެއްލުނު ތިން މީހުން ހޯދަން ބޭރުގެ އެހީ ހޯދަނީ
އީ-ސްޕޯޓްސް މުބާރާތުގެ ކޮލިފަޔާ ރެޖިސްޓްރޭޝަން ހުޅުވާލައިފި
ކާތަކެތީގެ އަގު މިދިޔަ މަހު 5.89 ޕަސެންޓަށް އުފުލިއްޖެ