ރާއްޖޭގައި ފުޅާދާއިރާގައި ކާބޯތަކެތި އެތެރެކޮށް ވިއްކަމުން އަންނަ އެމްޔޫ ސްޓޯރުން ވިއްކަމުން އައި ޕާސްތާ ސޯސްއެއްގައި އޫރު މަސް ހިމެނޭކަން އެނގުމާއެކު އެ ވިއްކުން ހުއްޓާލައިފި އެވެ.
"ކެމްޕާގްނާ" ބްރޭންޑުގެ ބޮލޮނައިޒް ސޯސްގައި އޫރު މަސް ހިމެނޭކަން އެނގުމާއެކު އެމްޔޫ ސްޓޯރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެސޯސްގައި ހަލާލު ނޫން މާއްދާއެއް ބޭނުންކޮށްފައި ހުރި ކަމުގެ މައުލޫމާތު ލިބުމާ އެކު އެ ވިއްކުން ހުއްޓާލާފައިވާ ކަމަށެވެ. މިސޯސް ހޯލްސޭލްކޮށް ގަނެފައިވާ ރީޓެއިލަރުންނަށް ގުޅާ އެސޯސް ނުވިއްކުމަށް އަންގާފައިވާ ކަމަށްވެސް އެމްޔޫ ސްޓޯރުން ބުންޏެވެ. އަދި މި ސޯސް ގަނެފައިވާ ރީޓެއިލަރުންނަށް ރީފަންޑު ކޮށްދިނުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް އެފިހާރައިން ބުންޏެވެ.
އެ ކުންފުނިން ވަނީ މި ސޯސް ގަތް މީހުންގެ ކިބައިން މާފަށް އެދިފަ އެވެ.
ކެމްޕޭގްނާގެ ބޮލޮނައިޒް ސޯސްއަކީ ޕާސްތާ ކެއްކުމުގައި އާއްމުކޮށް ބޭނުންކުރާ ސޯސްއެކެވެ. މި ސޯސް އެމްޔޫ ސްޓޯރުން ރާއްޖެއަށް ތައާރަފުކުރީ ވަރަށް ފަހުންނެވެ.
މި ސޯސް ފުޅީގެ ފަހަތުގައި ސޯސް އުފައްދަން ބޭނުންކޮށްފައިވާ ތަކެތީގެ ތެރޭގައި އޫރު މަސް ހިމެނޭ ކަމަށް ޖަހާފައިވެ އެވެ.
ސަމާލުވޭ! އެނާޖީ ބުއިންތަކަކީ ކިޑްނީ ސިއްހަތުގެ "ދުޝްމަނެއް"!
އީރާންގެ ވެރިކަން ބަދަލު ނުވުމުން މޮސާޑުގެ ދެ ވެރިން ވަކިކޮށްފި
ހުސްފަޔާ ހިނގުން: ދުޅަހެޔޮ ސިއްހަތަކަށް އޮތް ސިއްރެއް!