ދުވަސްތަަކަކަށް ފަހު ޖޯޖް ކްލޫނީ ސްކްރީނުން ފެނިގެންދާ ފިލްމު "ދަ މިޑްނައިޓް ސްކައި"ގެ ޓްރެއިލާ ދައްކާލައިފި އެވެ.
ނެޓްފްލިކްސްއަށް ޑިސެމްބަރު މަހު 23 ގައި އަންނަ މިފިލްމަކީ ލިޔުންތެރިޔާ ލިލީ ބްރުކްސް ޑެލްޓަންގެ "ގުޑް މޯނިންގް، މިޑްނައިޓް" މިވާހަކައަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.
2016 ވަނަ އަަހަރު ނުކުމެފައިވާ ސައިންސް ފިކްޝަން މިވާހަކައިގެ ސްކްރީން ޕްލޭ ލިޔެފައިވަނީ މާލް އެލް ސްމިތް އެވެ. މިފިލްމުން ފެނިގެންދާ މައި ތަރިންގެ ތެރޭގައި ހިމެނެނީ ޖޯޖް ކްލޫނީ، ފެލިސިޓީ ޖޯންސް، ޑޭވިޑް އޮއިލޯވޯ އަދި ކައިލް ޗޭންދްލާ އެވެ. ޖޯޖް ކްލޫނީ އެކްޓުކޮށްފައިވާ މިފިލްމުގެ ޑައިރެކްޝަން މަސައްކަތް ވެސް ކޮށްފައިވަނީ އޭނާ އެވެ.
ޓްެރެއިލާއިން ފެންނަ ގޮތުގައި ޖޯޖް ކްލޫނީއަކީ ދުނިޔެ ސަލާމަތްކުރުމަށް ހާއްސަ މިޝަނަކަށް ނުކުމެ އުޅޭ އެސްޓްރޮނޯޓެކެވެ. އެގޮތުން ނޭވާ ހިފަހައްޓާލަން ޖެހޭ އެތައް ކަމެއް ހިގާކަން ފިލްމުގެ ޓްރެއިލާއިން އެކަނިވެސް ފާހަގަ ވެއެވެ.
ސްކޭމްތަކުން އަނބުރާ ހޯދުނީ 630،319 ރުފިޔާ
ހުރާގައި ގެސްޓްހައުސް ތަރައްގީ ކުރަން 17 ބިމެއް ކުއްޔަށް ދެނީ
ބޮލުން ހަން ފޮޅުމަށް ގޭގައި ދެވިދާނެ ފަރުވާތަކެއް!
